27 Nov 2012, 12:21
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ހިންމަތް އިންވެސްޓްމަންޓް ޕުރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ ހުކުމްތައް ތަންފީޒު ކޮށްދިނުމަށް އެދި އެ އޮތޯރިޓީ އިން އިއްޔެ ސިވިލް ކޯޓަށް ހިނގައްޖެ އެވެ.
މީރާ އިން ބުނީ 20 މެއި 2012 ވަނަ ދުވަހު ކޯޓުން އިއްވި ހުކުމުގައި 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު 30ގެ ނިޔަލަށް ހިންމަތް އިންވެސްޓްމަންޓް އިން ޅ. އަތޮޅު ފިހާރައިގެ ދެކުނު ފެންޑައިން ބައެއް ކުއްޔަށް ހިފުމަށް ފަހު އެއެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވުމުން އަރާފައިވާ ޖޫރިމަނާ ހަ މަސްތެރޭ ދެއްކުމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ހިންމަތް އިންވެސްޓްމަންޓް އިން ދައުލަތަށް ނުދައްކައި ހުރި ފައިސާގެ އަދަދަކީ 464،346ރ. އެވެ.
މީރާ އިން ހުކުމްތަންފީޒް ކުރުމަށް ކޯޓަށް ގޮސްފައިވާ އިރު އެ އޮތޯރިޓިން ދަނީ ދައުލަތަށް ލިބެން ޖެހޭ ފަިއސާތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފައިސާ ނުދައްކާ ކުންފުނިތަކާ މެދު ކޯޓުމެދުވެރިކޮށް ދަނީ ފިޔަވަޅު ވެސް އަޅަމުންނެވެ.