Last Updated: 1 decade 3 year ago
Last Updated:
1 decade 3 year ago
އަންނަ އަހަރަށް 16.9 ބިލިއަން ރުފިޔާގެ ބަޖެޓެއް
ބުލޮގު ޚުލާސާ
***އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަން ފައްޓަވައިފި އެވެ. ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ހެނދުނު 9:30 އެހާކަންހާއިރު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަން ފެށުމާ އެކު މަޖިލީހުގެ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ތަޅުން ހަލަބޮލި ކުރައްވަން ފައްޓަވައިފަ އެވެ.
10:22
މިއަދު 3:00 ގައި ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން އޮންނާނެކަންވެސް ރިޔާސަތުން އިއުލާން ކުރެއްވި.
10:16
ބަޖެޓް ބަޔާން މިނިސްޓަރު ނިންމަވާލައްވައިފި. ރިޔާސަތުން ވިދާޅުވީ ޑިސެމްބަރު 4 ކުން 6 އަށް ބަޖެޓް ބަހުސް އޮންނާނެ ކަމަށް.
10:15
އާމްދަނީ އިތުރުކުރަން ޓީ-ޖީއެސްޓީ 15 އަށް ބޮޑުކުރުން، ތެލުން ޖީއެސްޓީ ނެގުން، މުއާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމަށް މިނިސްޓަރު ހުށަހަޅުއްވައިފި.
10:13
ބައިނަލް އަގުވާމީ މިންގަނޑުން އަޅާކިޔާއިރު ރާއްޖޭގެ ދަރަނި މާބޮޑަށް މައްޗަށް ހިނގައިދާނެ ކަމުގެ އިންޒާރު މިނިސްޓަރު ދެއްވައިފި. އޭރުން ލޯނު ލިބުމަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެ.
10:11
ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 22 ކުންފުންޏެއް އުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި. އޭރުން ކުންފުނިތަކުގެ އަދަދު 44 ހަތަރަކަށް އަރާނެ.
10:09
ސަރުކާރުގެ ޕަބްލިކް މޮޑެލް ވަރަށް ހަރަދު ބޮޑު ޖިހާދު. މިކަމަށް މަސައްކަތް ކުރުމުގެ ގޮތުން ޕޭރިވިއު ބޯޑެއް ވަނީ އެކުލަވާލާފައި ކަމަށް ޖިހާދު ވިދާޅުވި.
10:07
ބެލެންސް އޮފް ޕޭމަންޓް ރަނގަޅު ކުރުމަށް އެކްސްޕޯޓް އިތުރު ކުރުމަށް އިސްކަން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި. ވަޒީފާނެތް މީހުންގެ އަދަދު އިތުރުވެގެން ދިޔުމަކީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެ. އެކަން ހައްލުކުރުމަށް 1000 ކުދިންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާނަން.
10:06
ރާއްޖޭގެ ކަރަންޓް އެކައުންޓް ދަރަނި 15 އިންސައްތަ ދަރަނި މައްޗަށް ދާނެ. ޖީޑީޕީގެ ނިސްބަތުން އެ އަދަދު 28 ޕަސެންޓަށް އަރާނެ.
10:04
ބޯހިޔާވަހިކަމަށް 926 މިލިއަން ރުފިޔާ. ސީދާ އަތޮޅުތަކަށް 5.5 ބިލިއަން ރުފިޔާ.
10:03
ޕީއެސްއައިޕީއަށް 3.1 ބިލިއަން ރުފިޔާ ކަނޑައެޅޭނެ. އެއީ ޖުމްލަ ބަޖެޓްގެ 18 ޕަސެންޓް.
10:03
މިއަހަރުގެ ބަޖެޓަކީ 1.8 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެއް މިދިޔަ އަހަރާ އަޅާބަލާއިރު.
10:02
ސިއްހީ ދާއިރާ ހަރުދަނާ ކުރަން އިސްކަން ދޭނަން. ކުޅުދުއްފުށީ އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުވާނެ. ސިއްހީ ހިދުމަތަށް އެއްބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނޭއިރު ވެލްފެއާއަށް ދެ ބިލިއަން ރުފިޔާ.
10:00
ތައުލީމީ ދާއިރާއަށް 2.5 ބިލިއަން ރުފިޔާ. ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުން ކަމަށް ޖިހާދު ވިދާޅުވި. އެކަމަށް 1.7 ބިލިއަން ރުފިޔާ އޮންނާނެ.
09:58
ޖަލްސާއަލުން ފަށާފައިފި. ބަޖެޓް ބަޔާން އަލުން ހުށަހަޅަން ފަށައިފި.
09:47
މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި ތަޅުން ހަލަބޮލި ކުރަން ފެށުމުންވެސް ފުރިހަމަގޮތުގައި މިނިސްޓަރަށް ބަޖެޓް ހުށަހެޅުއްވޭ ގޮތެއް ނުވި. މެންބަރުން ހަޅޭއްލަވަން ފެއްޓެވުމުން އަލުން ޖަލްސާ މިއަދު 10:00ޖަހާއިރު ފައްޓަވާނެ ކަމަށް ވިދާޅުވެ ޖަލްސާ މަޖިލީހުގެ ރައީސް މެދުކަނޑާލައްވައިފި.
09:46
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ މުޅި ބަޖެޓްގެ ޖުމްލަ އަކީ 16 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރު ދެންމެ މަޖިލީހުގައި ވިދާޅުވެއްޖެ. އަދި އާމްދަނީއަކީ 12.9 ބިލިއަން ރުފިޔާކަންވެސް އިއުލާން ކުރެއްވި. އެހެން ކަމުން ބަޖެޓް ޑެފިސިޓް ހަތަރު ބިލިއަނާއި ގާތް ކުރާނެ .
09:39
ބަޖެޓްގެ ހުލާސާ ބަޔާން އިއްވަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ލިބޭ އާމްދަނީ އަކުން ރިކަރަންޓް ހަރަދު ފޫބައްދަން ފަރުމާކުރެވިފައިވާ ބަޖެޓެއް ކަމަށް.