ހިނގަމުންމިދާ އަހަރުގެ ދުނިޔޭގެ ޑްރީމް ޓީމުގެ ތިން މިޑްފީލްޑަރުން ހޮވުމަށް 15 ކުޅުންތެރިއަކުު ފީފާއިން ޝޯޓްލިސްޓުކޮށްފި އެވެ.

މިއަދު އިއުލާނުކުރި ޓީމުގައި ގިނައިން ތިބީ ސްޕޭންގެ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުޅުންތެރިންނެވެ. މި ގޮތުން މި ދެ ޓީމުން އެކަނި ވެސް ހަތް ކުޅުންތެރިން ނަގާފައިވެ އެވެ.

1- ޒަބީ އަލޮންސޯ، ސްޕޭން، ރެއާލް މެޑްރިޑް
2- ސާޖިއޯ ބުސްކެޓްސް، ސްޕޭން، ބާސެލޯނާ
3- ސެސް ފަބްރިގާސް، ސްޕޭން، ބާސެލޯނާ
4- ސްޓީވަން ޖެރާޑް، އިންގްލޭންޑް، ލިވަޕޫލް
5- އެޑެން ހަޒާޑް، ބެލްޖިއަމް، ޗެލްސީ
6- އަންދްރޭސް އިނިއެސްޓާ، ސްޕޭން، ބާސެލޯނާ
7- ފްރޭންކް ލަމްޕާޑް، އިންގްލޭންޑް، ޗެލްސީ
8- ލޫކާ މޮޑްރިޗް، ކްރޮއޭޝިޔާ، ރެއާލް މެޑްރިޑް
9- މެސުޓް އޮޒިލް، ޖާމަނީ، ރެއާލް މެޑްރިޑް
10- އަންދްރޭ ޕިރްލޯ، އިޓަލީ، ޔުވެންޓަސް
11- ފްރޭންކް ރިބެރީ، ފްރާންސް، ބަޔާން މިއުނިކް
12- ޑޭވިޑް ސިލްވާ، ސްޕޭން، މެންޗެސްޓާ ސިޓީ
13- ބަސްޓިއަން ސްވެންސްޓައިގާ، ޖާމަނީ، ބަޔާން މިއުނިކް
14- ޔާޔާ ޓޯރޭ، އައިވަރީ ކޯސްޓް، މެންޗެސްޓާ ސިޓީ
15- ޒަވީ ހަނާންޑޭޒް، ސްޕޭން، ބާސެލޯނާ އެވެ.

ދުނިޔޭގް ފިފްޕްރޯ ޑްރީމް ޓީމު އިއުލާނުކުރާނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އިއުލާނުކުރުމަށް އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ޒިއުރިކްގައި ބާއްވާ ހަފުލާގަ އެވެ. ޑްރީމް ޓީމު ހޮވުމަށް ފަސް ކީޕަރުންނާއި 20 ޑިފެންޑަރުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. މި ޓީމު އިއުލާނުކުރާނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ފީފާ އެވޯޑް ނައިޓްގަ އެވެ.