26 Nov 2012, 22:11
ވިޔަފާރިވެރިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ވަތަނިއްޔާގެ ލުއިފަސޭހަ ޕެކޭޖްތައް އައްޑޫގެ ވިޔަފާރިވެރިންނަށް ދައްކާލައިފި އެވެ.
އިކުއޭޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ވިޔަފާރިވެރިންނަށް ހާއްސަ، ލުއިފަސޭހަ މުވާސަލާތީ ޚިދުމަތްތައް އައްޑޫގެ ވިޔަފާރި ވެރިންނަށް ދައްކާލާފައިވާނެ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ. އަދި އެފަރާތްތަކަށް ހާއްސަކޮށްފައިވާ ތަފާތު ޓެކޮންލަޖީތައް ވެސް ހުށަހަޅައިދީފައިވެ އެވެ.
"ވަތަނިއްޔާ ފޯ ބިޒްނަސް"ގައި އެކި ފަންތީގެ ތަފާތު ދާއިރާތަކުގެ ވިޔަފާރިވެރިންނަށް އެ ފަރާތްތަކަށް އެންމެ އެކަށީގެންވާ ހިދުމަތްތައް އެ ވިޔަފާރިއަކުން ބޭނުންފުޅުވާ ގޮތަކަށް ބައްޓަންކުރުމުގެ އިޚްތިޔާރު ލިބިގެންވޭ. ޚިދުމަތްތަކުގެ އެހީގައި ވިޔަފާރިގެ މުވާސަލާތީ ކަންކަމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބި މަސައްކަތުގެ ދާއިރާ ކުރިއަރައިގެންދޭ،" ވަތަނިއްޔާގެ ހެޑް އޮފް ސޭލްސް އެންޓަޕްރައިޒް ތަގިއްޔު މޫސާ ވިދާޅުވި އެވެ.
ވަތަނިއްޔާ ފޯ ބިޒްނަސްގައި ހިމެނޭ ބައެއް ޚިދުމަތްތަކުގެ ތެރޭ އެމްވީޕީއެން (މޮބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވާކް) އަކީ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ސަރުކާރުގެ ބޮޑެތި މުއައްސަސާތަކަށް އެކަށީގެންވާ މުވައްޒަފުންނަށް "އަން ލިމިޓެޑް ފްރީ ކޯލްސް" ގުޅޭނެ ގޮތާއި އެސްއެމްއެސް ކުރެވޭނެ ގޮތަށް ހަމަޖެހިފައިވާ ޕެކޭޖެކެވެ. އަދި ވެބް ބޭސްޑް ޕޯޓަލްއެއް މެދުވެރިކޮށް މުއައްސަސާ ނުވަތަ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އެއްފަހަރާ އެސްއެމްއެސް ކުރެވެ އެވެ.
އަދި ވަތަނިއްޔާގެ ޑަބްލިޔުބިޒް ޕެކޭޖަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކޮށްފައިވާ ޕެކޭޖެކެވެ. މަދުވެގެން ފަސް ޕޯސްޓްޕެއިޑާ އެކު އެޕެކޭޖާ އެކު ލިބޭނެ އެވެ. އެ ޕެކޭޖްފައި ވެސް ގްރޫޕްގައި ހިމެނޭ ހުރިހާ ނަމްބަރުތަކަށް ހިލޭ ގުޅުމުގެ އިތުރުން އެސްއެމްއެސް ކުރެވޭނެ އެވެ.