26 Nov 2012, 12:34
މާލޭގެ އިމާރާތެއްގެ ތެރޭގައި ބިދޭސީއަކު މަރާލާފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ވަނީ އެކަން މިހާރު ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ތަރުޖަމާން ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ މިއަދު ހެނދުނު 11:30 އެހާކަން ހާއިރު ޗާންދަނީ މަގު ކްލޯރިއާ މާޓް ކައިރީ ހުންނަ އިމާރާތެއްގެ ހަވަނަ ފަންގިފިލާގައި މަރުވެފައިވާ އޮއްވާ ފެނުނު ބިދޭސީ މީހާ ވަނީ މަރާލާފައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. މަރާލާފައިވަނީ ބަގްލަދޭސްގެ ރައްޔިތެއް ކަމަށްވެސް ހަނީފު ވިދާޅުވި އެވެ.
"އެ މީހާ މަރާލާފައި ވަނީ ކިހިނެތް ކަމާއި އޭގެ ތަފްސީލް އެނގެމުން ދާވަރަކުން ހާމަކުރާނަން،" ހަނީފު ވިދާޅުވި އެވެ.
އެ ސަރަހައްދު ބަންދުކޮށްގެން ފުލުހުންގެ ފޮރެންސިކު ޓީމުތަކުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.