26 Nov 2012, 12:06
ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޖީއެސްޓީގެ އަންނަ ޖެނުއަރީން އެކަކުން ފެށިގެން އަށް ފަސެންޓްއަށް ބޮޑުވާނެ އެވެ.
ޓެކުސްނެގުމުގެ ގާނޫނުގެ ދަށުން ޓޫރިޒަމް ޖީއެސްޓީގެ މިންވަރު އަށް ޕަސެންޓަށް އިތުރުވީ ނަމަވެސް އާންމު ހިދުމަތްތަކާއި މުދަލުން ނެގޭ ޖީއެސްޓީ އިތުރެއް ނުވާނެ އެވެ.
ޓީ ޖީއެސްޓީ ރޭޓް ބޮޑުވުމާ އެކު ޓޫރިސްޓު ވިޔަފާރިތަކުން އަމަލުކުރަން ޖެހޭނެ އުސޫލެއް މީރާއިން މިހާރުވަނީ ނެރެފަ އެވެ. އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް ނެރެފައިވާ ރޫލިންގައިވާ ގޮތުން ޓޫރިޒަމް ދާއިރާގައި ރަޖިސްޓްރީ ކޮށްފައިވާ 24 ގަޑިއިރުގެ ހިދުމަތްދޭ ވިޔަފާރިތަކުން 1 ޖެނުއަރީ 2013ގެ 12:00 ގެ ކުރިން ފޯރުވައިދޭ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ 6 ޕަސެންޓްގެ ރޭޓުންނެވެ. އަދި 1 ޖެނުއަރީ 2013 ގެ 12:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ހިދުމަތުން ޖީއެސްޓި ނަގަންވާނީ 8 ޕަސެންޓެވެ. އެވެ
ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީގެ މިންވަރު މިއަންނަ އަހަރުން ފެށިގެން އަށް ޕަސެންޓަށް ބޮޑުވާއިރު އެދާއިރާއިން ޖީއެސްޓިގެ ގޮތުގައި ކޮންމެ މަހަކުވެސް ދައުލަތަށް ބޮޑު އާންމުދަނީއެއް ލިބެ އެވެ.