ސިވިލް ސާވިސްއާ ގުޅިގެން ކުރަން ޖެހޭ ކަންކަމުގައި ސަރުކާރާއި ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާ ކުރުމަށް ސަރުކާރުގެ އިސް ބޭފުޅުންނާއި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކޮމިޓީއެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަ ވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ކޮމެޓީގައި ސަރުކާރުގެ ފަޅިން ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ފިނޭންސް މިނިސްޓަރު އަލީ ހާޝިމާއި އިކޮނޮމިކް މިނިސްޓަރު މަޙްމޫދު ރާޒީ އާއި އެޓާނީޖެނެރަލް ޑރ. އަހްމަދު ޢަލީ ސަވާދާއި ފިޝަރީޒް މިނިސްޓަރު އިބްރާހީމްދީދީ އެވެ. ދެން ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން، އެ ކޮމިޝަންގެ ރައީސް މުހަންމަދު ފަހުމީ ހަސަނާއި ނައިބު ރައީސް އަހްމަދު ހަސަންދީދީ އާއި ކޮމިޝަންގެ މެންބަރުން ކަމުގައިވާ ޑރ. މުހަންމަދު ލަތީފާއި ޢަބްދުﷲ ޖިހާދާއި ޚަދީޖާ އާދަމާއި އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ޚަލީލެވެ.