ރެއާލް ބެޓިސް އަތުން ރޭ 1-0 އިން ބަލިވެ ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގު ހޯދުމަށް އަނެއްކާ ވެސް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރެއާލްއިން މުޅި ގޭމް ކޮންޓްރޯލްކޮށް މޮޅަށް ކުޅުނު ނަމަވެސް 17 ވަނަ މިނިޓްގައި ބެޓިސް އެސްޓަބޭރިއާ ގެހި ގޯލާއެކު ނަތީޖާ ހަމަހަމަ ނުކުރެވުނެވެ.

މި މެޗުން ރެއާލް ބަލިވިއިރު އެއްވަނާގައިވާ ވާދަވެރި ބަސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ ވަނީ މެޗުގެ ހާފް ޓައިމްގައި ރެއާލް ބަލިވަމުންދާކަމަށްބުނެ ސޯޝަލް މީޑިޔާތަކުގައި އުފާފާޅުކޮށްފަ އެވެ.

މި މެޗުން ބަލިވުމުން ރެއާލަށް 13 މެޗުން ލިބިފައިވަނީ 26 ޕޮއިންޓާއެކު ތިން ވަނަ އެވެ. އެއް ވަނާގައިވާ ބާސެލޯނާ އަށް މިހާރު ވެސް ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނާގައިވާ އެތްލެޓިކޯ އަށް ވެސް 31 ޕޮއިންޓް ލިބިފައިވެ އެވެ.

މި މެޗުން ބަލިވުމުން ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ޓީމަށް އަދިވެސް މުޅިން ފުރުސަތު ގެއްލުނީކީ ނޫން ކަމަށާއި ފުޓްބޯޅައިގައި މޮޅާއި ދެރަ އެކުލެވޭ ކަމަށެވެ. މި ބައްޔަކީ މި ސީޒަނުގައި ރެއާލް އަމިއްލަ ދަނޑުގައި ބަލިވި ތިން ވަނަ މެޗެވެ. އަދި މިއީ ވާދަވެރި ބާސެލޯނާ މެޗުގެ ކުރިން ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނަން ފަށައިފަ އެވެ.