25 Nov 2012, 12:26
ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ހިނގި އެކްސިޑެންޓްގައި ޒުވާނަކު ޒަޚަމްވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ ކުއްޖާގެ ބޮލުން ބައެއް ޒަޚަމްވެފައިވާ ކަމަށެވެ. އަދި ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރޭގެ އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 11:00 ޖަހާއެހާކަންހާއިރު އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ނިރޮޅުމަގުން ދެކުނަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލު ކޮންޓްރޯލު ނުކުރެވި، ކަހާލައިގެން ކަމަށެވެ.