20 Sep 2010, 15:39
20:41
ސ. މީދޫ ފިހާރައެއް ފަޅާލައި ލެޕްޓޮޕަކާ ބައެއް ސާމާނު ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް ބެލެވެނީ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެފިހާރައިން ވައްކަން ކޮށްފައި ވަނީ ފިހާރައިގެ ބޮޑު ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ. އަދި ފިހަރައިން ވަގަށް ނަގާފައިވަނީ ލެޕްޓޮޕަކާއި އިލެކްޓްރޯނިކްސް ކޭޝް ޓްރޭއެއް ކަމަށެވެ. އަދި އެތަނުން ގެއްލިފައި ވަނީ ކޮންކަހަލަ އެއްޗިއްސެއްތޯ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އެ މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއްނުވެ އެވެ.