ތުރުކީގެ، ޓާކިޝް އެއާލައިނުން ރާއްޖެ އަށް ޑައިރެކްޓް ދަތުރުތަކެއް ފެށުމަށް ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މާދަމާއިން ފެށިގެން އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަމަށެވެ. އެގޮތުން ހަފްތާއަކު ފަސް ފަހަރު ތުރުކީ އާއި މާލެއާ ދެމެދު އެ އެއާލައިންއިން ދަތުރުތައް ކުރުމަށް ވަނީ ނިންމައިފަ އެވެ.

ޓާކިސް އެއާލައިނުން ބުނީ އެދަތުރުތަކަށް ދެކޮޅު ޓިކެޓެއް ވިއްކާނީ 800 ޑޮލަރަށް (12336ރ.) ކަމަށެވެ. އަދި އެދަތުރުތަކުގައި ބޭނުންކުރާނީ 300 މީހުންގެ ޖާގައިގެ އެއާކުރާފްޓެއްކަމަށްވާ އޭ330 މަރުކާގެ މަތިންދާބޯޓް ކަމަށް އެ އެއާލައިންއިން ބުންޏެވެ.

އެކުންފުނިން ބުނީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމީ ރާއްޖެއަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ގައުމަކަށް ވާއިރު ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި އެ ފުރުސަތު ފުޅާކުރުމަށް ކަމަށެވެ.

ޓާކިސްއެއާލައިނަކީ 1933 ވަނަ އަހަރުން ފެށިގެން އޭވިއޭޝަންދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިއަދާހަމައަށް އެއެއާލައިނުންދަނީ 164 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އަދި އެކުންފުނިން ވަނީ ބައިނަލްލަގުވާމީ ދާއިރާއިންވެސް ގިނަ އެވޯޑްތަކެއްވެސް ހަސިލްކޮށްފަ އެވެ.