23 Nov 2012, 03:00
ދުނިޔޭގެ މި އަހަރުގެ ޑްރީމް ޓީމުގެ ހަތަރު ޑިފެންޑަރުން ހޮވުމަށް 20 ކުޅުންތެރިއަކު ޝޯޓް ލިސްޓުކޮށްފި އެވެ.
މި ގޮތުން ޝޯޓް ލިސްޓުކޮށްފައިވަނީ އިނގިރޭސި ލީގާއި ސްޕެނިޝް ލީގުން އަށް ކުޅުންތެރިއަކާއި އިޓަލީ އާއި ފްރާންސް ލީގުން އެއް ކުޅުންތެރިއަކާއި ޖާމަނީގެ ދެ ކުޅުންތެރިއެކެވެ. އެ ކުޅުންތެރިންނަކީ:
ސްޕެނިޝް ލީގް:
1- ޖޯޑީ އަލްބާ، ބާސެލޯނާ، ސްޕޭން
2- ޑެނީ އަލްވެޒް، ބާސެލޯނާ، ބްރެޒިލް
3- މާސެލޯ، ރެއާލް މެޑްރިޑް، ބްރެޒިލް
4- ހާވިއާ މަޝެރާނޯ، ބާސެލޯނާ، އާޖެންޓީނާ
5- ޕެޕޭ، ރެއާލް މެޑްރިޑް، ޕޯޗުގަލް
6- ގެރާޑް ޕީކޭ، ބާސެލޯނާ، ސްޕޭން
7- ކާލޮސް ޕުޔޯލް، ބާސެލޯނާ، ސްޕޭން
8- ސާޖިއޯ ރާމޯސް، ރެއާލް މެޑްރިޑް، ސްޕޭން އެވެ.
އިނގިރޭސި ލީގުން ޝޯޓް ލިސްޓު ކޮށްފައިވާ އަށް ކުޅުންތެރިންނަކީ:
9- ގެރެތް ބޭލް، ޓޮޓެންހަމް، ވޭލްސް
10- އޭޝްލީ ކޯލް، ޗެލްސީ، އިންގްލޭންޑް
11- ޑޭވިޑް ލުއިޒް، ޗެލްސީ، ބްރެޒިލް
12- ރިއޯ ފާޑިނަންޑް، މެންޗެސްޓާ ޔުނައިޓެޑް، އިންގްލޭންޑް
13- ބްރަނިސްލާވް އިވަނޮވިޗް، ޗެލްސީ، ސާބިއާ
14- ވިންސެންޓް ކޮމްޕެނީ، މެންޗެސްޓާ ސިޓީ، ބެލްޖިއަމް
15- ޕެޓްރިސް އެވްރާ، މެންޗެސްޓާ ޔުނައިޓެޑް، ފްރާންސް
16- ޖޯން ޓެރީ، ޗެލްސީ، އިންގްލޭންޑެވެ.
ޖަރުމަނު ލީގުން ނަގާފައިވަނީ އެގައުމުގެ ދެ ކުޅުންތެރިންކަމަށްވާ ބަޔާން މިއުނިކްގެ ކެޕްޓަން ފިލިޕް ލާމް އާއި ބޮރޫޝިއާ ޑޯޑްމުންޑްގެ މެޓްސް ހުމެލްސް އެވެ. އިޓާލިއަން ލީގުން ނެގީ އިޓަލީގެ ޔުވެންޓަސްގެ ޖޯޖިއޯ ޗިއެލީނީ އެވެ. އަދި ފްރާންސް ލީގުން ނަގާފައިވަނީ އެގައުމުގެ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތިއާގޯ ސިލްވާ އެވެ.
މި ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިއަކު ހޮވަން އާއްމުންގެ ވޯޓަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި
ދުނިޔޭގް ފިފްޕްރޯ ޑްރީމް ޓީމު އިއުލާނުކުރާނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އިއުލާނުކުރުމަށް އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ޒިއުރިކްގައި ބާއްވާ ހަފުލާގަ އެވެ. މީގެ ކުރިން ވަނީ އެންމެ މޮޅު ކީޕަރު ހޮވުމަށް ފަސް ކީޕަރުން ޝޯޓް ލިސްޓުކޮށްފަ އެވެ.