22 Nov 2012, 23:33
ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އައްޑޫ ސިޓީގެ ހިތަދޫ ސްކޫލަށް 20 ކޮމްޕިއުޓަރުގެ ކޮމްޕިއުޓާ ލެބެއް ހަދިޔާކޮށްފި އެވެ.
މިއަދު އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމްޕިއުޓާ ލެބް ހުޅުވައިދެއްވީ ބޭންކްގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމު ހަސަން އެވެ.
ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އަންނަ އަހަރު ގްރޭޑް 10 ތައާރަފު ކުރާ ހިތަދޫ ސްކޫލްގައި މާއްދާއެއްގެ ގޮތުގައި ކޮމްޕިއުޓާ ކިޔަވައިދިނަސް، އަމަލީ ގޮތުން ދަރިވަރުންނަށް ކޮމްޕިއުޓާ ބޭނުން ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި އެ ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މި އަހަރުގެ ތެރޭގައި ތިން ސްކޫލެއްގައި ކޮމްޕިއުޓާ ލެބް ގާއިމުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.