މާލޭ ކުޅިވަރު އެކުވެނީގެ ކުޅިވަރު ހޯލުގައި މިހާރު ކުރިއަށްދާ 52 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ 16 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން މައިޒަރު އާދަމް ޒާހިރު، މ. ކުރޮޅި އާއި މުޙައްމަދު ޒިސްތު ނަސީމް މ. ސިކަންދަރުގެ ހޯދައިފި އެވެ.

މި މުބާރާތުގެ އެއް ވަނަ ޑިވިޜަންގެ ފިރިހެން ޑަބަލްސް ފަނަލަށް ދަތުރުކޮށްފައި ވަނީ، ތަމޫހު އަޙްމަދު ސަޢީދު ހ. މީރުބަހުރުގެ، އިބްރާހީމް ޝިއުރީ، ގ. ގޯލްޑަންހައުސް އާއި މޫސާ މުންސިފް އަހްމަދު، ހ. މިރިހި، މުޙައްމަދު ޔާސިރު، ހ. ތާޅަފިލިގެއެވެ.
މީގެ އިތުރުން ދެ ވަނަ ޑިވިޜަންގެ ފިރިހެން ޑަބަލްސް ފައިނަލަށް ހޮވިފައި ވަނީ، އިބްރާހީމް ޝަފީން، ގ. މާރާގެ، ހަމްޒާ ރަޝީދު، މ. ވެންކޫވާ އާއި ޢަބްދުލް ފައްތާޙު ޔޫސުފް، ހ. ގްރީންލައިޓް، ޙުސައިން ޝިފްނާން، ހ. ހަހިފާ އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މި މުބާރާތުގެ ކުޅުން މިއަދު ހަވީރާއި އަދި ރޭގަނޑު ވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. -- އަހުމަދު މުޖްތަބާ