22 Nov 2012, 13:00
މިހާރު ކުރިއަށްދާ ފަސް ވަނަ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލް މެޗްތައް ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބާއި ގެމަނަފުށީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ ޕޮލިސް ކުލަބުން ހޯދީ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ރޭ ވިލިގިލި ޒުވާނުންގެ ޖަމްއިއްޔާ އަތުން ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
ރޭގެ މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައި ވަނީ، 25-12 25-15 އަދި 25-16 އިންނެވެ.
މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބްގެ އަގީލާ ހަމީދެވެ.
އެ މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ރޭ 8:30ގައި ޕޮލިހާ ދެކޮޅަށް ނިކުންނާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބް ވިޝަން އަތުން ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކުރި ގެމަނަފުށި ސްޕޯޓްސް ކުލަބެވެ.
މާދަމާ ރޭގެ ފައިނަލް މެޗަށް މިދެޓީމް ނިކުންނަ އިރު، ގެމަނަފުށި ސްޕޯޓސް ކުލަބް ވަނީ މިމުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. އެހެންނަމަޗެސް ޕޮލިސް ކުލަބް ބަލިވީ އެންމެ މެޗަކުންނެޗެ. އެއީ ގެމަނަފުށި އަތުންނެވެ. – އަހުމަދު މުޖްތަބާ