22 Nov 2012, 12:16
ޕިންކް ރެންޓަލްސް އިން ހަރުގަނޑެއް ކުއްޔަން ގެންގޮސް، ރައްދުނުކޮށް، އޭގެ ކުލި ނުދެއްކި މީހެއްގެ މައްޗަށް ހަރުގަނޑުގެ ކުލި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމްކޮށްފައި ވަނީ ގ. އެއްތެޔޮމާގެ އިބްރާހިމް އިސްލާއިލްގެ މައްޗަށެވެ. ސިވިލް ކޯޓުން ހުރި ހުކުމްގައި ބުނަނީ ޖުލައި 17، 2012 ވަނަ ދުވަހު އަށް ހަރުފަތުގެ ހަރުގަނޑެއް 16.96ރ. ރޭޓުން ކުއްޔަށް ގެންގޮސް، އޭގެ ކުލި ދީފައި ނުވާކަން އިބްރާހިމް އިސްލާއިލްގެ އިއުތިރާފުން ޝަރީއަތައް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ހަރުގަނޑުގެ 90 ދުވަހުގެ ކުއްޔާއި ކޯޓަށް މައްސަލަ ހުށަހައަޅަން ހަރަދުކުރި 83ރ. އާ އެކު ޖުމްލަ 1609.40ރ. ޕިންކް ރެންޓަލްސް އަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑަޅައި، މިފައިސާ ޕިންކް ރެންޓަލްސް އަށް ލިބިދިނުމަށް ޓަކައި، މި މަހުގެ އަށަކުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުން ވެސް އެ މަހަކަށް ޖެހޭ ވަރަށް ވުރެ މަދުނޫން އަދަދެއް ސިވިލްކޯޓަށް ދައްކައި އެ ދަރަނި ހަލާސްކުރުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ޕިންކް ރެލްޓަލްސް އިން ކުއްޔަށް ގެންދިޔަ ހަރުގަނޑު ދިހަ ދުވަހުގެ ތެރޭގައި ހަވާލު ކުރުމަށް އިބްރާހިމް އިސްމާއިލަށް ސިވިލް ކޯޓުން އަންގާފައިވެ އެވެ.