22 Nov 2012, 12:06
ސ. މީދޫގެ ގެއަކުން މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް މީދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ހިތަދޫ ނައިޓްވިލާ، ޒިޔާ އައްބާސްގެ މައްޗަށެވެ. އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ މި އަހަރު ޖޫން މަހުގެ 17 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މީދޫ ސޯސަންވާދީގެ އަށް ގޮސް އެގޭ ކާކޮޓަރީގައި ހުރި ކަބަޑެއްގެ މަތީގައި އޮތް ކަޅުކުލައިގެ ސޮނީ އެރިކްސަން އެސްކްޕީރިއާ މޯބައިލް ފޯނެއް ވަގަށް ނެގުމާ ގުޅިގެންނެވެ.
މީދޫ ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ އެ މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި އެ ވައްކަން ކޮށްފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތުގެ މަޖިލީހަށް ސާބިތުވެގެން ކަމަށް ހުކުމުގައި ބުނެފައުވެ އެވެ.
ނައިޓްވިލާ ގެއިން އޭނާ ވަގަށް ނެގި ފޯން ހޯދުމަށް ފަހު މިހާރު ވަނީ އެ ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.