ކުރިއަށް އޮތް އެފްރިކަން ނޭޝަން ކަޕަށް ތައްޔާރުވުމަށް އިނގިރޭސި ޕްރެމިއާ ލީގުގެ ކުލަބަކާ ގުޅެން ފިފާގެ ހުއްދަ އަށް އައިވަރީ ކޯސްޓްހެ ކެޕްޓަން ޑިޑިއޭ ޑްރޮގްބާ އެދިއްޖެ އެވެ.

ޗައިނާގެ ޝެންހާއީ އަށް ކުޅެމުން އަންނަ ޑްރޮގްބާ ފީފާގެ ހުއްދައަކަށް އެދުނީ ޔޫރަޕުގެ ޓްރާންސްފާ ބާޒާރު ބަންދުވެފައިވާތީ އެވެ. އެ ބަޒާރު އަލުން ހުޅުވޭނީ އެފްރިކަން ނޭޝަން ކަޕް ފަށާ ޖެނުއަރީ މަހު އެވެ.

ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ޝެންހާއީ އަށް ބަދަލުވި ޑޮރޮގްބާ މިހާރު ހުރީ ކުރާނެ ކަމެއްނެތިފަ އެވެ. އެއީ ޗައިނާގެ ލީގު ނިމި ޗުއްޓީވެފައިވާތީ އެވެ.

ލޯނު އުސޫލުން އޭނާ ގެންދިއުމަށް ތިން ކުލަބަކުން ބޭނުންވެ އެވެ. އެއީ އޮލިމްޕިކް މާސޭ އާއި ޗެލްސީ އަދި ލިވަޕޫލެވެ.