15:13


ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ ފުރުސަތުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަޚްލާޤާއި ސުލޫކު ރަނގަޅު މީހެއްކަން އަންގައިދޭ ދެފަރާތެއްގެ ރިފަރެންސް ލިޔުމާއި، އެންމެ ފަހުން އަދާކުރި ވަޒިފާއިން ވަކިވި ސަބަބު ބަޔާންކޮށް އެތަނަކުން ދީފައިވާ ލިޔުން ހުށަހަޅަން ނުޖެހޭ ގޮތަށް ޖޭއެސްސީން ނިންމައިފި އެވެ.


މިގޮތަށް ނިންމެވީ ފަނޑިޔާރުކަމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ފަނޑިޔާރުންނަށް، އިޢުލާންގައިވާ ލިޔުން ދޭންޖެހޭ ފަރާތަކީ ކޮމިޝަން ކަމަށްވެފައި، އެބޭފުޅުންގެ ރެކޯޑުތައް ކޮމިޝަންގައި ހުރުމާއި، އަދި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަނަކީ ވެސް ކޮމިޝަން ކަމުގައި ވާތީ ކަމަށް ޖޭއެސްސީން ބުނެ އެވެ.


ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ކޮށްފައިވާ އިޢުލާންގައި ބުނެފައިވާ، އެމަޤާމަށް އެކަށީގެންވާ ޤާބިލްކަމާއި އަޚްލާޤާއި ސުލޫކު ރަނގަޅު މީހެއްކަން އަންގައިދޭ ދެ ފަރާތެއްގެ ރިފަރެންސް ލިޔުމާއި، އެއްވެސް ފަރާތެއްގެ ބޮންޑެއް އޮތް މީހެއްނަމަ، އެބޮންޑެއް އޮތް ފަރާތުން އެމީހާ ދޫކުރާކަމުގެ ލިޔުމާއި އަދި ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ކުރިންވެސް ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެންމެ ފަހުން އަދާކުރި ވަޒިފާއިން ވަކިވި ސަބަބު ބަޔާންކޮށް އެތަނަކުން ދީފައިވާ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.