21 Nov 2012, 17:24
މުމްބާއީ (ނޮވެމްބަރު 21): ދެ ހާސް އަށް ވަނަ އަހަރު އިންޑިޔާގެ މުންބާއިއަށް ދިންޓެރަރިސްޓް ޙަމަލާތަކުގައި ބައިވެރިވިޖަމާއަތެއް ކަމަށް އިންޑިޔާ އިން ބުނާ ޕާކިސްތާނުގެ ލަޝްކަރޭތައިބާ ޖަމާއަތަށް ނިސްބަތްވާ މުހައްމަދުއަޖްމަލް ކަސަބުއަށް އިންޑިޔާ ސަރުކާރުން މިއަދު މަރުގެ އަދަބުދީފި އެވެ.
އަޖްމަލަށްމަރުގެ އަދަބުދިނީޕޫނާގެ ޖަލެއްގަ އެވެ. އަޖްމަލު ހައްޔަރުކޮށްފައިވާ މުމްބާއީގެ އާތާ ރޯޑް ޖަލުން ޕޫނާގެ ޔެރަވަޑަޖަލަށް އޭނާ ބަދަލުކުރީ މަރުގެ ޙުކުމް ތަންފީޒުކުރުމަށް ޓަކައެވެ. އަޖްމަލަކީ މުމްބާއިއަށްދިން ޓެރަރިސްޓު ހަމަލާތަކުގައި ބައިވެރިވި ކަމަށް އިންޑިއާ ފުލުހުން ބުނާ ހަނގުރާމަވެރިންގެ ތެރެއިން އިންޑިޔާގެ ފުލުހުން ދިން ރައްދު ޙަމަލާތަކުގައި މަރުނުވެ ސަލާމަތުން ހައްޔަރުކުރެވުނު ހަމައެކަނި ފަރާތެވެ. އަޖްމަލުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް އިންޑިޔާގެ ސްޕްރީމް ކޯޓުން ތާއީދު ކުރުމާގުޅިގެން އޭނާ ވަނީ އެ ޙުކުމަށް ލުއިދިނުމަށް އެދި އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީއަށް ވެސް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް މިއިލްތިމާސް އިންޑިޔާގެ ރައީސްގެ އޮފީހުން ބަލައިގެންފައެއް ނުވެ އެވެ.
އިންޑިޔާގެ ދާޚިލީ ވުޒާރާއިން ވަނީ މިއިލްތިމާސާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލާފަ އެވެ. މިއާއެކު އިންޑިޔާގެ ރައީސްގެ އޮފީހުން އަޖްމަލުގެ އިލްތިމާސް ބަލައިނުގަތުމުން އިންޑިއާގެ ދާޚިލީ ވަޒީރު މިނިސްޓަރު ސުޝިލް ކުމާރު ވަނީއަޖްމަލުގެ ހުކުމް ތަންފީޒް ކުރުމުގެ ލިޔުމުގައި މިމަހުގެ 7 ވަނަ ދުވަހު ސޮއިކުރައްވާފަ އެވެ. އަޖްމަލަށް މަރުގެ އަދަބު ދިނުމުން މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ޕްރިތިވީރާޖް ޗަވަންވަނީ މުމްބާއީ ހަމަލާތަކުގައިމަރުވި އާއްމުންނާއި ފުލުހުންގެ އާއިލާތައް މިކަމުގެ ސަބަބުން ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
މުންބާއިގެ ޙަމަލާތަކުގައި އިންޑިޔާގެ ބައެއް ރޭލްވޭސްޓޭޝަންތަކަށާއި މުންބާއިގެ މަޝްހޫރު ހޮޓަލެއްގެ އިތުރުންމުންބާއިގައި ހުންނަ ޔަހޫދީ ސަގާފީ މަރުކަޒަކަށް ވެސް ޙަމަލާދީފައިވެ އެވެ. މިހަމަލާތަކުގައި 166 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެ މާއްދީ ބޮޑެތި ގެއްލުންތަކެއްލިބިފައިވާ ކަމަށް އިންޑިޔާގެ އަމްނާ ބެހޭ ދާއިރާތަކުން އެދުވަސްވަރު ބުނެފައިވެ އެވެ. މަރުގެ އަދަބު ދިން މުހައްމަދުއަޖްމަލް ކަސަބަކީ ޕާކިސްތާނުގެ ރައްޔިތެކެވެ. މިކަމާގުޅިގެން ޕާކިސްތާނުން އަދި ބަޔާނެއް ދީފައެއްނުވެ އެވެ. (ރޮއިޓާސް)