20 Sep 2010, 10:05
ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި ޑީއާރްޕީގެ ޓިކެޓްގައި ވާދަކުރުމަށް 1000 އަށް ވުރެ ގިނަ މީހުން ނަން ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޑީރާރްޕީގެ ކައުންސިލު މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިއްޔެ ޑީއާރުޕީ އޮފީހުގައި ނޫސްވެރިން ގާތު ވިދާޅުވީ ޕާޓީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބުގައި ދާއިރާތަކުން ވާދަ ކުރުމަށް 1000 އަށް ވުރެ ގިނަ މީހުން ކުރިމަތިލައި ޕާޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ކަހަލަ ގޮތަކަށް ޑީއާރްޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށާއި އެ ތަފުސީލުތައް އެކަމާ ބެހޭ ކޮމެޓީން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. ޑީއާރްޕީގެ މިޑިޔާ ކޮޑިނޭޓަރު އަލީ ސޯލިހު ވެސް މިއަދު ވިދާޅުވީ އެ ޕްރޮސެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި އޭގެ ތަފުސީލުތައް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ވެސް ޑީއާރްޕީން ވާދަ ކުރާނެ ކަމަށެވެ.