ޕާކިސްތާނު ޖަލުގައި ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާކަން އެގައުމުގެ ސަރުކާރުން މިއަދު ދިވެހި ސަރުކާރަށް އަންގައިފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ އެ ދެ މީހުން މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށްފައިވާކަން އެ ގައުމުގެ ސަރުކާރުން އެމިނިސްޓްރީ އަށް މިއަދު އެންގި ކަމަށެވެ. ނަމަވެސް އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކީއްވެކަން އަންގާފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ހައްޔަރުކޮށްފައިވާކަން ޕާކިސްތާނު ސަރުކާރުން އެންގި ދެ މީހުންނަކީ ނަދާލް ރަޝީދު. ހ. ދޫހިމެރިގެ. އާއި ހުސެން ނާޒް މ. މަދަން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ދެ މީހުންނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ލިބުނުހާ އަވަހަކަށް ހާމަކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.