އިންޑިއާގެ ލޯ ބަޖެޓް އެއާލައިންއެއް ކަމަށްވާ، ސުފައިސް ޖެޓް އިން ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ދަތުރުތައް ކުރަން ނިންމައިފި އެވެ.

ސުޕައިސް ޖެޓް އިން ބުނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އިންޑީއާގެ ކޮޗިންއިން ރާއްޖެއަށް ޑައިރެކްޓް ފުލައިޓްތަށް ފަށާއިރު ދެކޮޅު ޓިކެޓެއް ވިއްކާނީ 210 ޑޮލަރަށް (3238ރ.) ކަމަށެވެ. އަދި އެދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ 78 މީހުން ޖާގައިގެ އެއާކުރާފްޓެއް ކަމަށްވާ Q400 މަރުކާގެ މަތިންދާބޯޓް ކަމަށް އެ އެއާލައިންއިން ބުންޏެވެ.

އެކުންފުނިން ބުނީ އެދަތުރުތަކަކީ އިންޑިއާގެ ސިޓީތަކަށް ރާއްޖެއިން ފަސޭހައިން ދަތުރުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވާ ދަތުރުތަކެއް ކަމަށެވެ. އެ ފުލައިޓުން ދަތުރުކުރާ މީހުންނަށް ޓިކެޓް ބުކިންކުރުމުގެ ފުރުސަތު އައިފާނު ބިލްޑިންގެ ތިން ވަނަ ފުލޯގައި ހުންނަ އޮފީހުން ލިބޭނެ ކަމަށްވެސް އެ އެއާލައިންއިން ވަނީ ބުނެފަ އެވެ.
ރާއްޖެއަށް ދަތުރުތަށްފެށުމަށް ނިންމާފައިވާ ސުޕައިސް ޖެޓް އަކީ އިންޑީއާގެ މަގުބޫލް އަދި އެއާކުރާފްޓް ދާއިރާއިން ތަފާތު އެވޯޑްތަކެއް ހާސިލްކޮށްފައިވާ އެއާނަލައިނެކެވެ.

ސުޕައިސް ޖެޓްއިން އިންޑިއާގެ ކޮޗިންއަށް ދަތުރުތަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު މިމަހުގެ 15 ވަނަ ދުވަހު ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަންއިންވެސް ދަނީ އިންޑިއާގެ ޗެންނާއީ އާއި މުމްބާއީއަށް ދަތުރުތަށް ފަށާފައެވެ.