21 Nov 2012, 12:41
މީހެއްގެ އަތުން ފައިސާތަކެއް ފޭރިގަނެގެން ދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޖަމާލުއްދީން ސްކޫލް ބުރު ކައިރިން ރޭ 7:45 ހާއިރު ހިނގާފައި ދިޔަ މީހެއްގެ އަތުގައި އޮތް ވޮލެޓެއް ފޭރިގަތް މައްސަލައާ ގުޅިގެން ހައްޔަރު ކުރީ އުމުރުން 30 އަހަރުގެ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހަދަށް ގޮސް ފޭރުނު މީހާގެ މައުލޫމާތު ހޯދުމަށް ފަހު ރޭ ހިންގުނު އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި ފޭރުނު މީހާ ހައްޔަރު ކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެއިން ނުކުންނަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އަދި 30 އަހަރުގެ އެމީހާގެ ހަށިގަނޑު ބަލާ ފާސްކުރިއިރު ފޭރިގަތް ކަމަށް ތުހުމަތުކުރެވޭ ވޮލެޓުގައި ހުރި 470ރ. 503 ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން އަދި ބުނީ އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ދިޔާ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.