21 Nov 2012, 10:50
ޖެންޑާ މިނިސްޓަރަކު އައްޔަން ކުރެވެންދެން އެ މިނިސްޓްރީ ހިންގެވުން، އެންވާރުމަންޓް މިނިސްޓަރު މަރިޔަމް ޝަކީލާއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ހަވާލުކުރައްވައިފި އެވެ.
ޖެންޑާ މިނިސްޓަރަކަށް ހުންނެވި ފާތިމަތު ދިޔާނާ ސައީދު އެ މަގާމުން ވަކިކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ. ރައީސް އޮފީހުން ބުނެފައިވަނީ ދިޔާނާ މަގާމުން ވަކިކުރެއްވީ މިނިސްޓަރަކަށް ހުންވައި އަމަލުތައް ބަހައްޓަވަން ނުޖެހޭ ގޮތަކަށް ދިޔާނާގެ އަމަލުތައް ބަހައްޓަވާފައިވާތީ ކަމަށެވެ.
ދިޔާނާ މަގާމުން ވަކިކުރެއްވީ އޭނާގެ ފިރިކަލުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަސްތުވާތަކެތި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރުމުން ސަރުކާރަށާއި ރައީސުލްޖުމްހޫރިޔާއަށް އެކަމަނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވަނިކޮށެވެ.