21 Nov 2012, 03:17
ޗެމްޕިއަންސް ލީގުގައި 100 މެޗު ކޯޗެއްގެ ގޮތުން ހަމަކުރާ އެންމެ ޒުވާން ކޯޗަކަށް ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ މިރޭ ވެގެންދާނެ އެވެ.
އުމުރުން 49 އަހަރުގެ ރެއާލް މެޑްރިޑުގެ ކޯޗަށްވުރެ ކުރިން 100 މެޗު ހަމަކޮށްފައިވަނީ އެންމެ ހަތަރު ކޯޗުންނެވެ. އެއީ ޕީއެސްޖީގެ ކޯޗު ކާލޯ އެންޗެލޮއްޓީ އާއި ޖަރުމަނުގެ އޮޓޮމާ ހިޒްފެލްޑް އަދި އާސެނަލްގެ އާސެން ވެންގާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެއާލް ނުކުންނައިރު މޮރީނއިޯ ގަބޫލު ކުރަނީ ސިޓީ އޮތީ މުބާރާތުން ކަޓާފައި ކަމަށެވެ. އޭނާ މިހެން ބުނީ މިހާތަނަށް އެންމެ ދެ ޕޮއިންޓް ލިބިފައިވުމުން ދެ ވަނަ ބުރަށް ދިއުމަށް ސިޓީ އަށް އަމިއްލަ ބާރު ނެތުމުންނެވެ.
"ވަރަށް ބޮޑަށް މައާފް ކުރާތި. އަހަންނަށް ހީވަނީ ސިޓީ އޮތީ މުބާރާތުން ކަޓާފައިހެން. އެހެންނޫނީ އަހަރުމެން މިރޭ
އެމީހުން ކަޓުވާލާނަން. ސިޓީ އަކީ ތަށި ހޯދޭނެ ޓީމެއް. އެކަމަކު ޖެހިޖެހިގެން ދެ ވަނަ އަހަރަކު ދެ ވަނަ ބުރަށް ނުގޮސް އެ ޓީމު ކަޓަނީ ކޮންމެ ވެސް އެއްބަޔަކަށް ތަށި ލިބެންޖެހޭތީވެ. އަށް ޕޮއިންޓް (ކުރިއަށް އޮތް ދެ މެޗުން މޮޅުވެގެން ސިޓީ އަށް ގިނަވެގެން ހޯދެން އޮތް ޕޮއިންޓްގެ އަދަދު) އަކީ ދެ ވަނަ ބުރަށް ދިއުމަށް ފުދޭ ވަރެއްނޫން،" ޖަރުމަނުގެ ބޮރޫޝިއާ ޑޯޑްމުންޑާއި ހޮލެންޑްގެ އަޔެކްސް ވެސް ހިމެނޭ މަރުގެ ގްރޫޕާބެހޭ ގޮތުން މޮރީނިއޯ ބުންޏެވެ.