މީހެއްގެ ގައިގައި ސިނގިރޭޓް ބުރިއެއް ޖައްސައި މަރުގެ އިންޒާރުދިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ހއ. އިހަވަންދޫގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ހިންގި ޒުވާބެއްގައި މަރުގެ އިންޒާރު ދިނުމަށް ފަހު ރޯކޮށްފައި އޮތް ސިނގެރޭޓް ބުރިއެއް މީހެއްގެ ގައިގައި ޖެއްސި މައްސަލައެއް ޕީޖީ އަށް މި މަހުގެ 13 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ އިހަވަންދޫ ފައިވްސްޓާ، އަހުމަދު އަފްޒަލް، 25، މައްޗަށެވެ.