19 Nov 2012, 10:17
މިދިޔަ އާދީއްތަ ދުވަހު އިޓަލީ ލީގުގައި ނަޕޯލީ އާއި ދެކޮޅަށް ކުޅުނު މެޗުން ފެނިގެންދިޔައީ އޭސީ މިލާންގެ އެންމެ މޮޅު ކުޅުން ކަމުގައި އެކުލަބުގެ ނައިބު ރައީސް އެޑްރިއާނޯ ގަލިއާނީ ބުނެފި އެވެ.
ނަޕޯލީއާއި މިލާން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު، 2-0 ލަނޑުން ނަޕޯލީ ކުރީގައި އޮތް ނަމަވެސް މިލާންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެކުލަބުގެ އިޓަލީ ފޯވާޑް ސްޓެފަން އައް ޝަރާވީ އެވެ. މިމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.
"ނަޕޯލީއާއި ދެކޮޅަށް ކުޅުނު މެޗުގައި މިލާން އިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. މިލާން އިން މެޗުގެ ބޮޑުބައެއް ކޮންޓްރޯލް ކުރި. އަހަރެންނަށް ހީވަނީ މިއީ މިލާންއިން މިސީޒަންގައި ދެއްކި އެންމެ މޮޅު ކުޅުން ފެނިގެންދިޔަ މެޗުހެން." ގަލިއާނީ ބުންޏެވެ.
މިލާނުން ނަޕޯލީ ހިފެހެއްޓުމާއެކު މިލާން ލީގުގެ ދިހަ ވަނައަށް އެރިއިރު، ނަޕޯލީއަށް ވަނީ ލީގުގެ ދެވަނަ އަށް އެރުމަށް ލިބުމުގެ ފުރުސަތު ގެއްލިފަ އެވެ. ލީގުގެ އެއްވަނާގައި އަދިވެސް އޮތީ މިދިޔަ ސީޒަންގެ ޗެމްޕިއަން ޔުވެންޓަސް އެވެ. އަދި ދެވަނާގައި އޮތީ އިންޓަމިލާން އެވެ.