އއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ހުރިހާ ރަށެއްގެ މެދުގައި ފުޓް ބޯޅަ މުބާރާތެއް ބޭއްވުމަށް އިއުލާން ކޮށްފި އެވެ.

އެ އަތޮޅު ކައުންސިލުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތާ ބެހޭ ބެހޭ ގޮތުން އަތޮޅު ކައުންސިލްގެ ނައިބު ރައިސް އަލީ ސަމީރު މިއަދު ވިދާޅުވީ މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ހުރިހާ ރަށަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އަތޮޅުގައި ހިމެނޭ އަށް ރަށުގެ ތެރެއިން ކޮންމެ ރަށަކުން އެއް ޓީމަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަކަށް 15،000ރ. ހުށަހަޅާފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ އެ މުބާރާތް އޮންނާނީ އެ އަތޮޅު ބޮޑުފުޅަދޫގައި ކަމަށާއި މުބާރާތަށް ރަށްތަކުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"މިއީ މިގޮތަށް ބާއްވާ ފުރަތަމަ މުބާރާތް. މުބާރާތަށް ތައްޔާރުވަށް ޓީމްތަކުން ޕްރެކްޓިސް ކުރަމުންދަނީ. އަޅުގަނޑުމެން އިންތިޒާމްގެ ކަންތައް ވީހާ ވެސް ފުރިހަމަ އަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދަނީ. އުއްމީދު ކުރަނީ މިއީ ކާމިޔާބު މުބާރާތަކަށް ވާނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.