ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ކަމަށާއި ނައިބް ރައީސް ކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި ހ.ފަޅަގަޑިގޭ ޑރ. އަބްދުﷲ ވަހީދު އެވެ. އަދި ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ ހ. މީނާޒް، ޑރ. ހާލާ ހަމީދު އެވެ.

ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސަކު އަލުން އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި، ޝަހިންދާ އިސްމާއީލް މިދިޔަ މަހުގެ ތެރޭގައި ކޮމިޝަނުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އިންޓަގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ވެސް މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

ޝަހިންދާ ކޮމިޝަނުން އިސްތިއުފާދެއްވީ ކޮމިޝަންގެ މަސައްކަތްތައް ދަނީ ކޮމިޝަން އުފެދުމުގެ މަގުސަދާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވުމަށް ފަހު އެވެ.