18 Nov 2012, 10:09
ފުވައްމުލަކު ޗަކަ ބިމުގައި ބަނގުރާ ކައްކަން ތިބި ހަތަރު މީހަކާއި ދެ ކުޑަކުދިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު 5:00 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރު ކުރީ ފުވައްމުލަކު ޗަކަ ބިމުގައި ބަނގުރާ ކައްކަން ތިއްބައި ކަމަށެވެ.
އަދި ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނެނީ އުމުރުން 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެއްގެ އިތުރުން، 18 އަހަރާއި 19 އަހަރާއި 21 އަހަރާއި30 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޕޮލިސް އިންޓަލިޖަންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހަ މީހުން ހައްޔަރު ކޮށްފައި ވަނީ ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ ފުޅިއަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކާ އެކުގައި ކަމަށެވެ.