ވިކްޓަރީގެ ހަސަން އަދުހަމް މާޒިޔާ އަށް އަދި ވީބީގެ އަހުމަދު އަޝްފާނާއި ފަރުހާދު އިސްމާއީލް އަދި އީގަލްސްގެ އަހުމަދު ރިލްވާން ބީޖީ އަށް ސޮއިކޮށްފި އެވެ.
މިހުރިހާ ކުޅުންތެރިން ވެސް ސޮއިކުރީ އެއް އަހަރުގެ އެގްރީމަންޓެއްގަ އެވެ.
އަދުހަމް މާޒިޔާ އަށް ބަދަލުވުމުން ވިކްޓަރީ ދޫކޮށްދިޔަ ކުޅުންތެރިންގެ އަދަދު ވަނީ 11 އަށް އަރައިފަ އެވެ.
މުހައްމަދު އުމޭރާއި ރިލްވާން ވަހީދު ނިއު އަށް ބަދަލުވިއިރު އަކުރަމް އަބުދުލްގަނީ އާއި މުހައްމަދު ޝިފާން (ކުޑާއްޓޭ) އަދި މުހައްމަދު ރަޝީދު (ހޮކޭ) އާއި ކީޕަރު މުހައްމަދު ފައިސަލް ވެލެންސިއާއަށް އަދިކެޕްޓަން ޝާފިއު އަހުމަދާއި ކީޕަރު މުހައްމަދު ނިޝާހް ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ. ޢަދި މުހައްމަދު ޝައްފާޒު (ސައްޕޭ) ވަނީ ބީޖީ އަށް ބަދަލުވެފަ އެވެ.