19 Sep 2010, 11:08
އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ތ. ބުރުނީ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލަ ބަލަން ފެށީ މީގެ ތިން ދުވަސް ކުރިން ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށާއި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް، މައްސަލަ ތަހުގީގުކުރަމުން ދާތީ އެ މީހާއާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރި އެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހަކު އެބަހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އަދި އެ މީހާ ހައްޔަރުކޮށްފައެއް ނުވެ އެވެ.
ސަންއެފްއެމް އޮންލައިނަށް އެނގިފައިވާ ގޮތުގައި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އެ ރަށު މިސްކިތުގެ ވަގުތީ މުދިމެކެވެ.