ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފު އާދަމްގެ މަންމަ ތިމަރަފުށީ މާލޭގެ، ސިއްތި އާދަމް 68، މިއަދު ހެނދުނު އާޓިފިޝަލް ބީޗަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ އެހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ސިއްތި އާދަމް ކެނބިގެން އޭޑިކޭ ހޮސްޕިޓަލަށް 07:15 ހާއިރު ގެންދިޔައިއިރު ވެސް މަރުވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

ޝަރީފުގެ އާއިލާއިން ބުނީ ސިއްތި މަރުވީ ގެބިގެން ނޫން ކަމަށާއި މޫދަށް ފައިބައިގެން އުޅުމަށް ފަހު އެއްގަމަށް އެރި ފަހުން ކަމަށެވެ.