އިދާރީ ގޮތުން އެއްކޮކޮށްލާ ރަށްތައް ކަނޑައަޅައި ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު މެންދުރު ވިދާޅުވީ، އިދާރީ 64 ދާއިރާއެއް ކަނޑައެޅި އިރު ބައެއް ދާއިރާތަކުން ތިން ރަށް ވެސް ގުޅައިލުމަށް ވެސް ނިންމާފައިވާ ކަމަށާއި ޖުމްލަ ގުޅައިލަނީ 99 ރަށެއް ކަމަށެވެ.


ޕްރެސް ސެކްރެޓަރީ ވިދާޅުވީ މިގޮތަށް ނިންމެވި އިރު 10000 މީހުންގެ އާބާދީގައި ސިޓީ ކައުންސިލެއް އުފެއްދުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.  އޭގެ އެއް ރަށަކީ ހދ. ކުޅުދުއްފުއްޓެވެ. އެ ރަށާ އިދާރީ ގޮތުން ގުޅުވައި ލަނީ ނޮޅިވަރަންފަރާއި ނޮޅިވަރަމާއި ކުމުންދު އެވެ.


ދެން ސިޓީ ކައުނުސިލު ހަދަނީ ފުވައްމުލަކާއި އައްޑު އަތޮޅުގަ އެވެ. އައްޑޫ ސިޓީ ކައުންސިލަކީ ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދޫ އާއި ފޭދޫ އާއި ހުޅުދޫ އާއި މީދޫ އެވެ. ޒުހައިރު ވިދާޅުވީ ސިޓީ ކައުންސިލު އުފައްދާނީ ވެސް ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. 


އިދާރީ ގޮތުން އެއްކޮށްލި ކަމަށް ރައީސް އޮފީހުން މިއަދު އިއުލާނު ކުރި ރަށްތައް ހއ. އަތޮޅުން ފަށާ އިރު އެ އަތޮޅުގައި ދެ ރަށުން ދެ ރަށުން ހަ ރަށެއް އެއްކޮށްލާ ކަމަށް ޒުހައިރު ވިދާޅުވި އެވެ. އެއީ ތުރާކުނާއި އުލިގަމާއި ދިއްދު އާއި ވަށަފަރު، އަދި ތަކަންދު އާއި މާރަންދު އެވެ. އެއް ރަށުގެ ގޮތުގައި އެއްކޮށްލަން ނިންމި ތިން ރަށަކީ ބާރަށާއި އުތީމާއި މުރައިދު އެވެ. ޖެހިގެން އޮތް ހދ. އަތޮޅުން އެއްކޮށްލަނީ ފިނޭ އާއި ހިރިމަރދު އާއި ނާވައިދުއާ ނެއްލައިދު އެވެ. ށ. އަތޮޅުން އެއްކޮށްލަނީ ކަނޑިތީމާއި ގޮއިދޫ، ފޯކައިދު އާއި ފީވައް، މިލަންދު އާއި ނަރުދޫ، ދެން ފުނަދު އާއި ޅައިމަގެވެ.


ދިހަ ރަށެއް، ނ. އަތޮޅުން އެއްކޮލަން ނިންމާފައިވެ އެވެ. އެއީ ދެ ރަށުން ދެ ރަށުން އެއްކޮށްލާ ކެނދިކުޅުދު އާއި ހެނބަދޫ، މާލެންދުއާ ކުޑަފަރީ، މާފަރާއި ލަންދޫ، ހޮޅުދު އާއި ފޮއްދު އެވެ. އެއް ރަށެއްގެ ގޮތުގައި އިދާރީ ގޮތުން މިއަތޮޅުން އެއްކޮށްލާ ތިން ރަށަކީ ޅޮއްސާއި މަނަދޫ އާއި މަގޫދޫ އެވެ. ރ. އިން އެއްކޮށްލަނީ ރަސްގެތީމާއި ރަސްމާދު އާއި އިންނަމާދު އާއި އިނގުރާދޫ އާއި ކިނޮޅޮހެވެ.


ބ. އަތޮޅުގައި އެއްކޮށްލަނީ 10 ރަށެކެވެ. ދެރަށުން ދެރަށުން އެއްކުރަނީ ކުޑަރިކިލި އާއި ކަމަދޫ، އޭދަފުއްޓާއި މާޅޮހެވެ. ތިން ރަށުން ތިންރަށުން އެއްކުރަނީ ދަރަވަންދުވާއި ދޮންފަނާއި ކިހާދުއާއި ގޮއިދު އާއި ފުޅަދުއާއި ފެހެންދު އެވެ. 


ދެން ޅ. އަތޮޅުން އެއްކޮށްލަނީ ހިންނަވާރާއި ފެލިވަރު، ކުރެންދުއާއި މާފިލާފުއްޓެވެ. މާލެ އަތޮޅުން ހުރަ އާއި ހިންމަފުށި އެކަންޏެވެ.


އއ. އަތޮޅުން މަތިވެރި އާއި ބޮޑުފުޅަދު އާއި ފެރިދު އާއި މާޅޮހެވެ. އދ. އިން އޮމަދު އާއި ހަންޏާމީދޫ،  މާމިގިއްޔާއި ދިއްދޫ، ދެން މަހިބަދޫ އާއި ކުނބުރުދޫ އެވެ. ވ. ކެޔޮދު އާއި ފެލިދު އާއި ތިނަދޫ އެވެ. މ. އަތޮޅުން ދިއްގަރާއި މަޑުވަރި، މުލަކާއި ވޭވަށް، ދެން ނާލާފުއްޓާއި  މުއްޔެވެ. ފ. އަތޮޅުން ބިލެއްދު އާއި މަގޫދޫ، ނިލަނދު އާއި ދަރަނބޫދު އެވެ. ދ. އަތޮޅުން މާއެނބޫދު އާއި ވާނީ އެވެ.


ތ. އަތޮޅުގައި ދެ ރަށުން ދެ ރަށުން އެއްކުރަނީ މަޑިފުއްޓާއި ދިޔަމިގިލި، އޮމަދު އާއި ކިނބިދޫ،  ހިރިލަނދޫ އާއި ކަނޑޫދު އާއި ވަންދޫ އެއްކޮލަނީ ތިން ރަށް އެއްރަށުގެ ގޮތުގަ އެވެ.  ލ. ގައި ދެ ރަށުން ދެރަށުން އެއްކުރަނީ އިސްދު އާއި ދަނބިދޫ،  މާބައިދު އާއި މުންޑޫ، ފޮނަދޫ އާއި ގާދޫ، ހިތަދު އާއި ކުނަހަންދޫ އެވެ. ގއ. ން ދާންދު އާއި ނިލަންދޫ، ގެމަނަފުއްޓާއި ކޮނޑޭ އެވެ.