ގެއަކަށް ވަދެ އެގޭގައި އުޅުނު އުމުރުން 70 އަހަރުގެ އަންހެނަކަށް ވަޅިން ބިރުދައްކައިގެން އޭނާ އަށް ގަދަކަމުން ޖިންސީ އަނިޔާ ކުރުމަށްފަހު ފިލައިގެން އުޅޭ މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެމީހާ އެ އަމަލު ހިންގާފައިވަނީ އިއްޔެ ހެނދުނު 06:35 ހާއިރު އެގެއަށް ވަދެ ކަމަށެވެ. އަދި އެވަތުން ފެށިގެން އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާ ކަމަށެވެ. އެމީހާ އާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއްނުކުރެ އެވެ. ނަމަވެސް ފުލުހުންވަނީ އެމީހާ ފެންނަ ސީސީޓީވީ ފުޓޭޖް އާންމު ކޮށްފަ އެވެ.

ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމެއް ލިބިފައިވާ ފަރާތެއް ނަމަ ލަސްނުކޮށް އެކަން ފުލުސް އޮފީހަށް އެންގުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ މީހާގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ރައްކާތެރިކަމެއް ފޯރު ކޮށްދޭނެ ކަމަށް ފުލުހުން ބުންޏެވެ.