ވިކްޓަރީ އަށް މިއަހަރު ކުޅުނު އަލީ ފާސިރު (ސެންޓޭ) ނިއު އަށް ކުޅެން އެއްބަސްވި އިރު އަސްއަދު އަލީ (އަޑުބަރޭ) އަށް ރިލީޒްދީފި އެވެ.

މެދުތެރެ އާއި ފަހަތަށް ވެސް ކުޅޭ ސެންޓޭ އެނބުރި ނިއުއަށް މިއައީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

އޭވައިއެލް އިން ކުޅުން ފެށި ސެންޓޭ ވަނީ ކުރިން ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ.

އަޑުބަރޭ އަށް ރިލީޒް ވަކި ސަބަބެއް ނޭނގެ އެވެ.

ސެންޓޭ އަކީ ވިކްޓަރީ ދޫކޮށްދިޔަ 10 ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން މުހައްމަދު އުމޭރާއި ރިލްވާން ވަހީދު ނިއު އަށް ބަދަލުވިއިރު އަކުރަމް އަބުދުލްގަނީ އާއި މުހައްމަދު ޝިފާން (ކުޑާއްޓޭ) އަދި މުހައްމަދު ރަޝީދު ( ހޮކޭ) އާޢި ކީޕަރު މުހައްމަދު ފައިސަލް ވެލެންސިއާއަށް އަދިކެޕްޓަން ޝާފިއު އަހުމަދާއި ކީޕަރު މުހައްމަދު ނިޝާހް ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ. ޢަދި މުހައްމަދު ޝައްފާޒު (ސައްޕޭ) ވަނީ ބީޖީ އަށް ބަދަލުވެފަ އެވެ.

ނިއު އިން ވަނީ ޓީމު ވަރުގަދަ ކުރުމަށް މާޒިޔާގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ވެސް ގެންގޮސްފަ އެވެ.