ޖޭއެސްސީގެ އިދާރީ ގަވައިދު އެކުލަވައިލުމަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.


ޖޭއެސްސީން  ބުނެފައި ވަނީ އެ ކޮމިޝަނުގެ މެންބަރުން ބަހުސް ކުރެއްވުމަށް ފަހު އިދާރީ ގަވައިދުގެ ދެލި ކަރުދާހެއް މިހާރު އެކުލަވައިލާފައިވާ ކަމަށެވެ. ނަމަވެސް އިދާރީ ގަވައިދު ފުރިހަމަ ކުރުމުގެ ގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާމުންނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.


 އަންނަ ބުދަ ދުވަހާ ހަމައަށް އާންމުންގެ ހިޔާލުތައް ކޮމިޝަނަށް ބަލައިގަންނާނެ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.


ކޮމިޝަނުގެ އިދާރީ ގަވައިދަށް ހިޔާލު ހުށަޅުމުގެ ފުރުސަތު އީމޭލް މެދުވެރިކޮށާއި ކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް ވެސް ވަނީ ހުޅުވާލައިފަ އެވެ.


ޖޭއެސްސީގައި މިހާރު އިދާރީ ގަވައިދެއް ނޯވެ އެވެ. އެހެންކަމުން މިހާތަނަށް އެ ކޮމިޝަނުން އަމަލު ކުރަމުން އައީ ސިވިލްސާވިސްގެ ކޮމިޝަނުގެ އިދާރީ ގަވައިދާއި ކޮމިޝަނުގެ އުސޫލުތައް ނިންމާފައިވާ ނިންމުންތަކުގެ މައްޗަށެވެ.