15 Nov 2012, 17:54
އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ވަރަށް ބޮޑަށް ރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރު 1:30 އެހާކަންހާއިރު ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ 24 އަހަރުގެ ފިރިހެނަކު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެމީހާގެ ގައިގެ އެތަން މިތަނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާތީ މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އޭނާއަށް ފަރުވާދެމުން އަންކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު މިއަދު ވިދާޅުވީ އޭނާގެ ގައިގެ 15 ތަނަކަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވާކަމަށެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ބަނޑުގެ ސާޖަރީއެއް ހަދާފައިވާ ކަމަށާއި ބެލެވޭގޮތުގައި އޭނާގެ ހާލު ރަނގަޅުވާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.