15 Nov 2012, 14:12
ރަހުމަތްތެރި ކަމުގެ ފުޓްބޯޅަ މެޗުގައި ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗް ފްރާންސްއިން ކާމިޔާބު ކޮށްފިއެވެ.
އިޓަލީގެ ޕާމާގައި ކުޅުނު މިމެޗް ފްރާންސްއިން ކާމިޔާބުކުރީ ފަހަރުން އަރާ 2-1 ލަނޑުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް އިޓަލީއަށް ނަގައި ދިނީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އަލް ޝަރާވީއެވެ. އެހެން ނަމަވެސް އޭގެ ތިން މިނެޓް ފަހުން ޕްރާންސްއިން ވަނީ އިޓަލީ ކޮލަށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު ފްރާންސްއަށް ކާމިޔާބުކޮށްދިނީ މެތިއު ވެލްބުއެނާއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމް ވެސް 1-1 ލަނޑުން އެއްވަރުވިނަމަވެސް ދެ ވަނަ ހާފުގައި ފްރާންސް މޮޅުކޮށްދިން ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަފެޓިމްބީ ގޮމިސްއެވެ.