15 Nov 2012, 13:23
ގައުމީ ޓީމާއި ވިކްޓަރީގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ އަކުރަމް އަބުދުލްގަނީ އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އަދި މުހައްމަދު ރަޝީދު (ހޮކޭ) ވެލެންސިއާ އަށް ސޮއިކޮށްފި އެވެ.
މި ތިން ކުޅުންތެރިން ސޮއިކުރިކަން ވެލެންސިއާއިން ވެސް ކަށަވަރުކޮށްދެމުންދާއިރު ވިކްޓަރީން ވެސް ވަނީ ކުޅުންތެރިން ޓީމުދޫކޮށްދިޔަކަމަށް ބުނެފަ އެވެ.
މި ތިން ކުޅުންތެރިން ދިއުމުން ވެލެންސިއާ އަށް މި އަހަރު ސޮއިކުރި ކުޅުންތެރިންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރައިފަ އެވެ. އެއީ އަކުރަމްގެ ބޭބެ އަދި ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ވިކްޓަރީގެ ކީޕަރު މުހައްމަދު ފައިސަލް އާއި ނިއުގެ ރިޒާވް ކީޕަރު އިބްރާހީމް ލަބާނެވެ.
އަކުރަމް ވެލެންސިއާއިން ކެރިއަރު ފެށިއިރު ކުޑައްޓޭ އާއި ހޮކޭ އެކުލަބަށް މުޅިން ދިޔައީ މުޅިން އަލަށެވެ.
މި ތިން ކުޅުންތެރިން ވިކްޓަރީން ދިއުމުން ވިކްޓަރީ ދޫކޮށްދިޔަ ކުޅުންތެރިންގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ. އެއީ މުހައްމަދު އުމޭރާއި ރިލްވާން ވަހީދު (ކަކާ) ނިއު އަށް އަދި ޝާފިއު އަހުމަދާއި ކީޕަރު މުހައްމަދު ނިޝާހު މާޒިޔާ އަށް ދިއުމުންނެވެ.