15 Nov 2012, 13:09
ވިކްޓަރީގެ ކެޕްޓަން ޝާފިއު އަހުމަދު އަންނަ ސީޒަނުގައި މާޒިޔާ އަށް ކުޅެން ސޮއިކޮށްފި އެވެ.
އިތުބާރު ޑިފެންޑަރު މާޒިޔާ އަށް ކުޅެން ސޮއިކުރީ އޭނާ ގެނައުމަށް ކުރީގެ ކުލަބު ވެލެންސިއާ އާއި ނިއު ރޭޑިއަންޓުން ވެސް މަސައްކަތް ކުރަމުން ދަނިކޮށެވެ.
ޝާފިއު އަކީ މި ސީޒަނުގައި މާޒިޔާ އަށް ގެންދިޔަ ދެ ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން ވިކްޓަރީގެ ބަދަލު ކީޕަރު މުހައްމަދު ނިޝާހު ވެސް ވަނީ ސޮއިކޮށްފަ އެވެ.
މި އަހަރުގެ ސީޒަނުގައި އެފްއޭކަޕް ކާމިޔާބުކޮށް އޭއެފްސީ ކަޕުން ފުރަތަމަ ފަހަރަށް ޖާގަ ހޯދާފައިވާ މާޒިޔާގެ މުހިންމު ގިނަ ކުޅުންތެރިން މިހާރު ވަނީ ސޮއިކޮށްފަ އެވެ. މީގެ އިތުރުން އެހެން ބައެއް ޓީމުތަކުގެ މުހިންމު ދެ ކުޅުންތެރިއަކާ ވެސް މާޒިޔާއިން ދަނީ ވާހަކަ ދައްކަމުންނެވެ.
މާޒިޔާ ދޫކޮށް ހުސައިން ނިޔާޒު (ބޮކުރީ) ނިއު އަށް އަދި ޒުބެރު އޭވައިއެލް އަށް ބަދަލުވެފައިވެ އެވެ.