15 Nov 2012, 12:29
އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ޖުމްލަ ހަޓީމް ބައިވެރިވެފައިވާކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
ގާއުމީ ބާސްކެޓް ލީގް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.
މުބާރާތުގައި ބައިވެރިވުމަށް ކަނޑައަޅައިފައިވާ ވަގުތު ހަމަވިއިރު މުބާރާތުގައި ބައިވެރިވި ހަ ޓީމަކީ ހަރިކޭން ބާސްކެޓް ބޯލް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް، ޕޮލިސް ކުލަބް، ޓީރެކްސް ބާސްކެޓްބޯލް ކުލަބް، ރެޑްލައިން ކުލަބް އަދި ކުލަބް އީގަލްސް އެވެ.
ބާސްކެޓް ބޯލް އެސޯސިއޭޝަނުން ބުނީ، ޖުމްލަ ހަޓީމާ އެކު ކުރިޔަށް ގެންދާ ގޮތަށް ރާވާފައިވާ މި މުބާރާތުން އެންމެ މޮޅު ހަތަރު ޓީމް 32 ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަންގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި 32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރި ވުމުގެ ފުރުސަތު ލިބިފައިވަނީ ތިން ކުލަބަށް ކަމަށާއި އެ ތިން ކުލަބީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ޓީރެކްސް އަދި ގޫޑީސް ސްޕޯޓްސް ކުލަބަށެވެ.