19 Sep 2010, 07:29
ރާއްޖެ އަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލަޖިކަލް ސާވިސް، މެޓުން ބުނި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެ އަށް ވިއްސާރަކޮށް އަދި ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ މިދުވަސްވަރު ހުރިހާ ފަރާތަކުން، އަދި ހާއްސަކޮށް ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުން އެދޭ ކަމަށެވެ.