ޕޮލިސް ކުލަބް އިންޓަ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތުގެ އަންހެން ޗެމްޕިއަންކަން އެސްއޯ ހާޓް ބީޓް ޓީމުން ހޯދައިފި އެވެ.

އެސްއޯ ހާޓް ބީޓް ޓީމުން ޗެޕްޕިއަންކަން ހޯދީ ފައިނަލުގައި އެސްއޯ ޖޫލިއެޓް ޓީމާ ވަދަކޮށް 10-2 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މާފަންނު ވިލީފުލުސް ކުރިމަތީގައި އޮންނަ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގީ ވެސް އެސްއޯ ހާޓް ބީޓު ޓީމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 3-1 ލަނޑުން ކުރީގައި އޮތީ ވެސް ޗެމްޕިއަންކަން ހޯދި ހާޓް ބީޓުގެ ޓީމެވެ.

ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ސުހާނާ އަހުމަދެވެ. އޭނާ ވަނީ ރޭގެ މެޗުގައި ހަތަރު ގޯލް ކާމިޔާބު ކޮށްދީފަ އެވެ.