އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ވެސް މާޒިޔާ އާށް ކޯޗް ކޮށްދިނުމަށް އިސްމާއިލް މަހެފޫޒް (އިންމަ) އޭނާގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.

މާޒިޔާގެ އިސް އޮފިޝަލަކު ބުނީ، އިންމަ މާޒިޔާގެ ކޮންޓްރެކް އާކޮށްފައި ވަނީ ބޮޑު އަގެއްގައި ކަމަށެވެ. އެހެންނަމަވެސް އިންމަ މާޒިޔާގެ ކޮންޓުރެކްޓް އާކުރި އަގު އޮފިސަލް ނުބުނެ އެވެ.

އިންމަގެ ކޯޗް ކަމުގެ ދަށުގައި މާޒިޔާ އިން މިފަހަރު ވަނީ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ވެސް އުފުލާލައިފަ އެވެ. މިއީ މާޒިޔާ އަށް ފުރަތަމަ ޑިވިޝަނުގެ ތައްޓެއް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މި ކާމިޔާބީއާ އެކު އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޯފް ކުޅޭނީ ވެސް މާޒިޔާ އެވެ.