ރާއްޖޭގައި ހުރި ހަމައެކަނި ފުޓްސަލް އިންސްޓަކްޓަރަކަށް މުހައްމަދު ޝާޒްލީ ވެއްޖެ އެވެ.

އޭއެފްސީން އޭނާ އަށް އިންސްޓަކްޓަރުކަން ދިނުމުން ރާއްޖޭގައި ދެން ހިންގާ ބޭސިކް ފުޓްސަލް ކޯޗިން ކޯސްތަކުގައި ކިޔަވައިދޭނީ އޭނާ އެވެ.

ދެ ވަނަ ޑިވިޝަނުގެ ތަށި ބީޖީ އަށް ހޯދައިދީ އެ ކުލަބު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން އޭ ލައިސަންސް ފުޓްބޯލަ ކޯޗު ޝާޒްލީ ބުނީ މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޝާޒްލީ އަށް ފުޓްސަލް އިންސްޓަކްޓަރުކަން ލިބުނު އިރު ފުޓްބޯޅަ ކޯޗިންގެ އޭއެފްސީ ދެ އިންސްޓަކްޓަރުން ވެސް ރާއްޖޭގައި މިހާރު އެބަތިއްބެވެ. އެއީ ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) އެވެ. މި ދެ ކޯޗުންނަކީ ސީލައިސަންސް ކޯސްތަކުގައި ކިޔަވައިދޭ ދެ އިންސްޓަކްޓަރުންނެވެ.