13 Nov 2012, 12:59
މި އަހަރުގެ ސީޒަނުގެ ފަހު ބައިގައި ނިއު އަށް ކުޅުނު މުހައްމަދު ހުސައިން (އޮއިއްޓޭ) ބީޖީ އަށް ސޮއިކޮށްފި އެވެ.
އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި ނިއުގެ ކުރީގެ ކެޕްޓަން އޮއިއްޓޭއާއެކު ދެން ސޮއިކޮށްފައި ވަނީ ވިކްޓަރީގެ މުހައްމަދު ޝައްފާޒު (ސައްޕޭ) އާއި އީގަލްސްގެ ގޯލް ކީޕަރު މުހައްމަދު ޔަމާނެވެ.
އޮއިއްޓޭ ނިއު އަށް މި އަހަރުގެ ފަހު ކޮޅު ބަދަލު ވުމުގެ ކުރިން ކުޅުނީ ވީބީ އަށެވެ. އޭނާ އަކީ ވެލެންސިއާ އާއި އީގަލްސް އަށް ވެސް ކުޅެފައިވާ ގައުމީ ޓީމުގައި ވެސް ކުރިން މޮޅަށް ކުޅުނު އެއްވަނަ މިޑްފީލްޑަރެވެ.
ފާއިތުވެދިޔަ ގިނަ އަހަރުތަކެއްގައި މާޒިޔާގެ ފަހަތް ބެލެހެއްޓި ޒުބޭރު އޭވައިއެލްއާ ގުޅުނުކަން އެކުލަބުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.