12 Nov 2012, 16:47
ގއ. ކޫއްޑޫ އެއާޕޯޓަށް ރޭގަނޑު ފުލައިޓްތައް ޖެއްސުމުގެ ހުއްދަދީފި އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ކޫއްޑޫ އެއާޕޯޓްގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރި ކޭއެޗްއޭ ރިސޯޓްސްގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު މިއަދު ވިދާޅުވީ އެއާޕޯޓަށް ރޭގަނޑު ފުލައިޓް ދަތުރުތައް ކުރުމުގެ ހުއްދަ ސިވިލްއޭވިއޭޝަން އޮތޯރިޓީން އިއްޔެ ދީފައިވާ ކަމަށެވެ.
"މިހާރު ހުއްދަ މި ވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ދެއްވާފައި، އެގޮތުން އަޅުގަނޑުމެން ފުރަތަމަ ފްލައިޓް ރޭގައި ޖައްސާފައި" ޖަނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޭގަނޑު ފުލައިޓް ޖެއްސުމުގެ ހުއްދަ ދިނުމާ ގުޅިގެން އެ އެއާޕޯޓުގެ ހިދުމަތް 24 ގަޑިއިރު ދެމުންގެންދާނެ ކަމަށާއި މިހާރު ރޭގަނޑު އިތުރު ފުލައިޓްތައް ބޭއްވުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
ކޫއްޑޫ އެއާޕޯޓަށް ރޭގަނޑު ފުލައިޓް ޖެއްސުމުގެ ހުއްދަދީފައިވާ އިރު އެ އެއާޕޯޓަކީ ސިންގަޕޫރުގެ ބޮނަވިސްތާ އިން އިންވެސްޓްކޮށް އަދި ރާއްޖޭގެ އެޗްއޭ ރިސޯޓްސް އިން ކޮންސްޓްރަކްޝަންގެ މަސައްކަތްކޮށްފައިވާ އެއާޕޯޓެކެވެ. އަދި އެއެއާޕޯޓްގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.