18 Sep 2010, 10:13
ސ. މަރަދޫގައި ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގި ތިން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާ ރޭ ހިނގާފައި ވަނީ އުމުރުން 20 އަހަރުގެ ޒުވާނަކު ބަނދަރު ސަރަހައްދުގައި ހުއްޓާ ތިން މީހަކު ގޮސް މާރާމާރި ހިންގާ ކަމަށެވެ. އެގޮތުން އެ މީހާގެ ގައިގައި އެމީހުން އަތުން ވަރަށް ގަދައަށް ތަޅާ ހެދި ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ ފުލުހުންނަށް އެ ސަރަހައްދަށް ދެވުނުއިރު އެ މީހާ އަށް ނޭވާވެސް ނުލެވޭ ވަރަށް އެމީހުން އަނިޔާ ކޮށްފައިވާ ކަމަށެވެ. އަދި މަރަދޫ ސިއްހީ މަރުކަޒުގައި އޭނާ އަށް ފަރުވާ ދިނުމަށް ފަހު ހިތަދޫ ސިއްހީ މަރުކަޒުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.